މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ އެއްބަސްވުމުގައި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ 21 ސެޕްޓެމްބަރ ވަނަ ދުވަހު މުލަކުގައި ބޭއްވި ރަސްމިއަޔާތެއްގައެވެ. މި އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމެވެ. އަދި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފެވެ.
މިއީ މާލެއަތޮޅު މެރިކަލްޗަރ މަސައްކަތް އެވޯޑު ކޮށްފައިވާ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ ސީ.އެސް.އާރް (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މުލަކުގައި ގާއިމުކުރާ އައިސްޕްލާންޓްގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.