ޚަބަރު ރާއްޖެ

ހަނގޭރީން ސްކޮލަރޝިޕް ހޯދައިދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާ ދެމެދު ކޯޕަރޭޝަން ވިތިން ދަ ފްރޭމްވަރކް އޮފް ދަ ސްޓައިޕެންޑިއަމް ހަންގޭރިކަމް 2025 -2027 ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

 

މި ފަހުމުނާމައުގާ ސޮއިކޮށްފައިވަނީ އ.ދ. ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ އެންމެ އިސްބޭފުޅުންގެ ބައްދަލުވުންތަކުގެ ހަވާސާ ތެރެއިން ނިއުުޔޯކް ގައެވެ.

 

ދިވެހި ސަރަކުރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރ ޑޮކްޓަރ ޢަބްދުﷲ ޚަލީލް އެވެ. ހަންގޭރީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް ޕީޓަރ ސިޔާރޓޯ އެވެ.

 

މި ފަހުމުނާމާގެ ދަށުން ހަންގޭރީގެ ޔުނިވަރސިޓީތަކުގައި އަންޑަގްރެޖުއޭޓް، ގްރެޖުއޭޓް އަދި ޑޮކްޓޯރަލް ފެންވަރުގެ ސަނަދުތައް ހާސިލު ކުރުމަށް 2025 އިން 2027 އަށް، ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް 25 ސްކޮލަރޝިޕް ފުރުސަތު ލިބޭނެއެވެ.

 

ސްޓައިޕެންޑިއަމް ހަންގޭރިކަމް ޕްރޮގްރާމަކީ ބައިނަލްއަގުވާމީ ދަރިވަރުން ހަންގޭރީގައި މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިކުރުވުމަށާއި ދަރިވަރުންނަށް ހަންގޭރީގައި އަމިއްލަ އަދި ރަސްމީ ގުޅުންތައް ގާއިމުކުރުމުގެ ފުރުސަތު ހޯދާދިނުމަށް ކުރިއަށްގެންދާ ޕްރޮގަރާމެކެވެ. އަދި ޔޫރަޕްގައި ތިބެ، އެންމެ މަތީ ފެންވަރުގެ ސެޓްފިކެޓްތައް ހާސިލުކުރުމުގެ ފުރުސަތު މަގުފަހިކޮށްދިނުމަކީ ވެސް ހަންގޭރީ ސަރުކާރުން މި ޕްރޮގްރާމު ކުރިއަށްގެންދާ މަގުސަދެކެވެ.

 


  • ފޮރިން މިނިސްޓަރ
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް