ދެގައުމުގެ ސުލްހައާއި ހަމަޖެހުމަށް އެކުގައި މަސައްކަތްކުރަން ބޭނުން: ރައީސް

4 months ago

އަފްރާހް

އިންޑިއާ އާއި ރާއްޖެއާ ދެގައުމުގެ ސުލްހައާއި ހަމަޖެހުމަށް އެކުގައި މަސައްކަތްކުރައްވަން ބޭނުންފުޅުވާ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އިންޑިއާގެ އާންމު އިންތިހާބު ކާމިޔާބުކޮށް އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް އެގައުމުގެ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންތިހާބުވެވަޑައިގަތުމުން މަރުހަބާ ވިދާޅުވެ، ކުރެއްވި ޕޯސްޓުގައެވެ.


އިންޑިއާގެ އާންމު އިންތިހާބު މޯދީ ކާމިޔާބުކުރައްވާނެކަން މިހައިތަނަށް ގުނި ވޯޓުން ކަށަވަރުވެފައިވީނަމަވެސް އިދިކޮޅުން ވަނީ ބީޖޭޕީގެ ބާރުގަދަ ސަރަހައްދުތަކުން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށްފައެވެ.


މިހައިތަނަށް ގުނި ވޯޓުތަކުގެ ނަތީޖާ ދައްކާގޮތުން ބީޖޭޕީގެ ކޯލިޝަނަށް 267 ގޮނޑި ވަނީ ލިބިފައެވެ. އަދި އިދިކޮޅު ކޮންގްރެސް ޕާޓީގެ ކޯލިޝަނަށް ލިބިފައިވަނީ 199 ގޮނޑިއެވެ. 


ކިޔުންތެރިންގެ ހިޔާލު