ސްވިމިންގ އެސޯސިއޭޝަންގެ ކްލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް

5 months ago

އަފްރާހް

ސްވިމިންގ އެސޯސިއޭޝަންގެ ކްލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދީފިއެވެ.


އެ އެސޯސިއޭޝަނުން ވިދާޅުވީ ފަސް ވަނަ އިންތިޚާބުގައި ކުލަބް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ވާދަކުރުމަށް އެއްވެސް ފަރާތަކުން ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ.


އެހެންވެ، އިންތިހާބުގެ ގަވާއިދުގެ 2. ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފޯމު ހުށަހެޅުމުގެ ދެ ވަނަ ފުރުސަތު މެއި 14 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެ ކަމަށެވެ. އަދި މި ފުރުސަތުގެ ސުންގަޑިއަކީ މެއި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖަހާއިރު ކަމަށެވެ.


މީގެ އިތުރުން މި އިންތިހާބުގައި ވޯޓުލެވޭ މީހުންނާއި ކުލަބުތަކުގެ ލިސްޓު ވެސް މިހާރުވަނީ އާންމުކުރައްވާފައެވެ. އަދި އެ ލިސްޓުގައި މައްސަލައެއް ވާނަމަ، އެކަން ހުށަހެޅުމުގެ ފުރުސަތު މެއި 16 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ވަނީ ހުލުވައިލާފައެވެ.


އެ އެސޯސިއޭޝަނުން ވިދާޅުވީ ކުލަބު މެންބަރުންގެ ތެރެއިން އިންތިޚާބުގައި ބައިވެރިވެ، ވޯޓުލުމަށް ފުރުޞަތު ދެވޭނީ އިންތިޚާބުގެ ޤަވައިދުގެ 7. ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަކާއި، ފުރިހަމަކޮށްފައިވާ ފޯމު، މިއިންތިޚާބުގެ ގަވައިދުގެ 2. ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ހުށަހަޅާ ކުލަބުތަކަށް އެކަނި ކަމަށެވެ.


އެހެންވެ، ކުބުތަކުން މި ލިޔެކިޔުންތަކާއި ފޯމު މެއި 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން އެ އެސޯސިއޭޝަނަށް ހުށަހެޅުމަށް އެދިލައްވާފައ ވެއެވެ.


ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަސް ވަނަ އިންތިހާބުގައި ވާދަކުރުމަށް މެއި 13 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ލިސްޓު ވެސް އާންމުކުރައްވާފައި ވެއެވެ.


އެގޮތުން ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ އަންހެން މެންބަރުކަމަށް ރަޙީމާ އާދަމް، ޓެކްނިކަލް އޮފިޝަލް ރެޕްރެޒެންޓޭޓިވްގެ މަގާމަށް ޙަސަން ސިރާރު، ފަރުދީ މެންބަރުން ރިޕްރެޒެންޓްކުރާ ފިރިހެން މެންބަރުކަމަށް މުޙައްމަދު ނައްވާރު އިބްރާޙީމް، ކޯޗު ރެޕްރެޒެންޓޭޓިވްގެ މަގާމަށް އަޙްމަދު ފިރާސް އަފީފް ގެ ނަން ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެއެވެ.


މީގެއިތުރުން ރައީސްގެ މަގާމަށް މުޙައްމަދު ޢަބްދުއްސައްތާރު އަދި ނައިބު ރައީސްގެ މަގާމަށް އިސްމާޢީލް ޢަލީ އަދިޚަޒާންދާރުގެ މަގާމަށް ޢަލީ ޝަމީމް ވަނީ ހުށަހަޅުއްވާފައިކަމަށް އެސޯސިއޭޝަނުން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު