ހުޅުމާލޭ ނެރު ކައިރުން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

4 months ago

އަފްރާހް

ހުޅުމާލޭ ނެރު ކައިރުން ދެ ލޯންޗު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.


މި އެކްސިޑެންޓު ހިނގާފައިވަނީ ޖޫން 4 ވަނަ ދުވަހުގެ ރޭ 11 ޖަހާކަންހާއިރުއެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓުގާދުން ދަނީ ހަރަކާތްތެރިވަމުންނެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާގައި ހަތް މީހަކަށް ވަނީ އަނިޔާ ލިބިފައެވެ. އެހެންނަމަވެސް އޭގެ ތަފްސީލު ލިބޭގޮތެއް އަދިނުވެއެވެ.


މި ހާދިސާއާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކުން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުން އަންނަކަަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު