އިސްރަށްވެހިން ކޯސްޓްގާޑު ޝިޕް ހުރަވީ އަށް

4 months ago

އަފްރާހް

އިސްރަށްވެހިން ކޯސްޓްގާޑު ޝިޕް ހުރަވީ އަށް ޒިޔާރަތް ކޮށްފިއެވެ.


މިއީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ކޯސްޑްގާޑު ޝިޕް ހުރަވީން އިންތިޒާމުކުރި ހަރަކާތެކެވެ.


އެ އިދާރާ އިން ވިދާޅުވީ މި ޒިޔާރަތުގައި 32 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޒިޔާރަތުގައި އިސްރަށްވެހިންނަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ތާރީޚް ހިމެނޭހެން ކޯސްޓްގާޑާ ބެހޭ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ.


މީގެއިތުރުން ކޯސްޑްގާޑު ޝިޕް ހުރަވީއާ ބެހޭ މައުލޫމާތާއި އުޅަނދުގައި ބޭނުންކުރާ ޑައިވިންގ އިކުއިޕްމަންޓް އަދި ފަޔަރ ފައިޓިންގ އިކުއިޕްމަންްޓާއި ބެހޭ މައުުލޫމާތު ވެސް ދީފައިވާ ކަމަށް ވިދާޅުވިއެވެ.


އިސްރަށްވެހިންނަށް މައުލޫމާތު ދިނީ ކޯސްޓްގާޑު ޝިޕް ހުރަވީގައި މަސައްކަތްކުރާ ސިފައިންނެވެ.


ކިޔުންތެރިންގެ ހިޔާލު