ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފި

4 months ago

އަފްރާހް

 ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށައިފިއެވެ.


ދުނިޔޭގެ ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް އެމަނިކުފާނު އިއުލާންކުރެއްވި މަޝްރޫއު ޖޫން 5 ވަނަ ދުވަހުގެ ހެނދުނު މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.


ގަސް އިންދުމުގެ ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން އެމަނިކުފާނުގެ ދެ ކަނބަލުން ވެސް ވަނީ ގަސް އިންދަވާފައެވެ. އަދި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްގެ ދެ ކަނބަލުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިޤް އިބްރާހިމްވެސް ވަނީ ގަސް އިންދަވާފައެވެ.


ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދެވުމުގެ ޕްރޮގްރާމެއް ހިންގެވުމަށް ނިންމަވާފައިވާކަން ރައީސް އިއުލާންކުރެއްވީ ތިމާވެށީގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28" ގައެވެ.


5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.


ސަރުކާރުން ކުރިއަށްގެންދާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރާނެކަމަށްވެސް ސަރުކާރުން މީގެކުރިން ވަނީ ހާމަކޮށްފައެވެ. 


ކިޔުންތެރިންގެ ހިޔާލު