ދުއްވާފައިދިޔަ ސައިކަލެއް ވެއްޓި އަނިޔާވި މީހެއްގެ ހާލު ސީރިއަސް

5 months ago

އަފްރާހް

ސައިކަލެއް ކޮންޓްރޯލު ނުވެ، ވެއްޓިގެން މީހަކަށް އަނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި ހާދިސާ ހިނގާފައިވަނީ އއ. އުކުޅަހުގެ ހިއްކި ސަރަހައްދުގައި ކަމަށެވެ. އަދި އެ މައުލޫމާތު ލިބުނީ މިއަދުގެ 2:30 ހާއިރު ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ އެތރަށުގެ ހިއްކި ސަރަހައްދުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، ވެއްޓިގެން ކަމަށެވެ. އަދި އަނިޔާވި މީހާ އަށް އެރަށު ސިއްހީ މަރުކަޒުގައި ފަރުވާދެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެ ސައިކަލު ދުއްވީ 17 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާގެ ހާލު ސީރިއަސްކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާ ކަމަށެވެ. 

މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ގެންދަވަނީ ބައްލަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު