ޑރ. ޝަހީމް، ޑރ. ހައިދަރު އަދި އުޝާމަށް ރުހުން ދޭން ކޮމެޓީން ނިންމައިފި

4 months ago

އަފްރާހް

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.


ކުރީ މަޖިލީހުން ރުހުން ދީފައިނުވަނީ ބަންޑާރަނައިބު އަލް އުސްތާޛު އަހްމަދު އުޝާމްއާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދުއެވެ.


އެމްޑީޕީގެ ސަރުކާރުގައި މެޖޯރިޓީ އޮތް މަޖިިލީހުން އެ ތިން ބޭފުޅުންނަށް ރުހުން ނުދިނުމުން އަލުން ވަނީ އެބޭފުޅުންގެ ނަންތައް ފޮނުވާފައެވެ.


މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އައު މަޖިލީހުގެ ރިޔާސަތުން ވަނީ ތިން މިނިސްޓަރުންގެ ނަން އަލުން ކޮމިޓީއަށް ފޮނުވައިފައެވެ.


އެހެންވެ ޖޫން 5 ވަނަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ ތިން ބޭފުޅުންގެ ވެސް ޝަރުތުތައް ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހާޒިރުވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް އިދިކޮޅުގެ މެންބަރަކު ވޯޓު ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު