ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފުގެ މަގާމަށް ނިހާން

4 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފުގެ މަގާމަށް ވިލިމާފަންނު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ހަމަޖައްސައިފިއެވެ.


މަޖިލިސް އިދާރާ އިން ވިދާޅުވީ ނިހާން އެ އިދާރާގެ ބިއުރޯ ޗީފަކަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އައްޔަންކުރެއްވީ ޕާލަމެންޓްރީ ސަރވިސް ގަވައިދުގެ ދަށުން އަބްދުއްރަހީމްގެ މަސައްކަތްޕުޅަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.


ނިހާން އެ މަސައްކަތަށް ނުކުމެވަޑައިގަންނަވަން ފެއްޓެވީ ޖޫން 5 ވަނަ ދުވަހު ކަމަށް ވެސް ވިދާޅުވިއެވެ.


ނިހާން ވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމާއި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަން ކުރައްވާފައެވެ. އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ މަގާމު ވެސް ފުރުއްވައިފައި ވެއެވެ.


ނިހާންގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފުގެ މަގާނުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކޮއްކޯފުޅު ފާތިމަތު މުހައްމަދު ސާލިހެވެ.


ކިޔުންތެރިންގެ ހިޔާލު