މިއަހަރުގެ އަޟްހާ އީދު ދުވަހަކީ ޖޫން 16

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މި ހިނގާ ޖޫން މަހުގެ 16 ވަނަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.


ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން މިގޮތަށް ކަނޑައެޅުއްވީ ސައުދީ އަރަބިއާ އަށް ހައްޖު މަހުގެ ހަނދު ފެނި، ޖޫން މަހުގެ 7 ވަނަ ދުވަހަކީ ހައްޖު މަހގެ ފުރަތަމަ ދުވަސް ކަމުގައި ސައުދީން ކަނޑައެޅުމުންނެވެ.


އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސައޫދީ އަށް ހައްޖު މަހުގެ ފުރަތަމަ ދުވަހުގެ ހަނދު ފެނިފައިވުމުން ޖޫން މަހުގެ 7 ވާ ހުކުރު ދުވަހަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި އަންނަ ހަފްތާގެ ހޮނިހިރު ދުވަހަކީ ޢަރަފާތު ދުވަސް ކަމަށާއި 16 ވަނަ ދުވަހަކީ އަޟްހާ އީދު ދުވަސް ކަމުގައެވެ.


މި ގޮތަށް ކަނޑައަޅާފައިވަނީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ރިއާޔަތްކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު