7 months ago
"ޕޯޓް ސެކިއުރިޓީ ޓްރެއިނިން – ސެޓްފިކެޓް 1" ކޯހުގެ ނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައެވެ.
މި ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި އެމް.ޕީ.އެލްގެ ޑެޕިއުޓީ ސީ.އީ.އޯ އަލީ ހާޝިމް އާއި ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މި ކޯހުގައި އެމް.ޕީ.އެލްގެ 18 ސެކިއުރިޓީ އޮފިސަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ހިތަދޫ ޕޯޓުގެ ދެ ބައިވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ ދެ ބައިވެރިން ވެސް ހިމެނެއެވެ.
އެމް.އެން.ޑީއެފް އިން ކުރިއަށް ގެންދިޔަ މި ކޯހުގެ ބައިވެރިންނަށް ބެޖާއި ސެޓްފިކެޓް، އަދި ބައެއް ވަނަތަކަށް ހޮވުނު ބައިވެރިންނަށް ވެސް ވަނީ އިނާމު ދީފައެވެ.
މި ކޯހުގެ އެކި ވަނަތަކަށް ހޮވުނު ބައިވެރިންނަކީ:
1 – އަފްސަލް އިބްރާހިމް / ސީނިއަރ ސެކިއުރިޓީ އިންސްޕެކްޓަރ – ބެސްޓް އޯލް ރައުންޑް
2 – މުޙައްމަދު ނުހާދު / ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް – ބެސްޓް އިން މެރިޓް
3 – މުޙައްމަދު އަބްދުﷲ / ސީނިއަރ ސެކިއުރިޓީ އެސިސްޓަންޓް – ފިޓަސްޓް ޕާޓިސިޕަންޓް
މިއީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރައްވާ އޮފިސަރުންނަށް ބޭނުންވާ ހުނަރާއި ޢިލްމު އުނގަންނައިދީ، ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުމުގެ މަޤްޞަދުގައި އެމް.އެން.ޑީ.އެފް އާއި އެމް.ޕީ.އެލް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.