މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދަން ޖެހޭ، އެކަން ކުރާނަން: މަޖިލިސް ރައީސް

4 months ago

އަފްރާހް

ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު އަލުން ހޯދަން ޖެހޭ ކަމަށާއި އެކަން ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.


ޓީވީއެމްގެ 'ހޭޔަންބޯ' ގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ 20 ވަނަ މަޖިލީހަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރާ މަޖިލީހަކަށް ހަދައި. އެ އިތުބާރު އަލުން ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގައި ސަރުކާރު ތަމްސީލްކުރާ ޕާޓީ، ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް އޮތްނަމަވެސް ރައްޔިތުންނާ ގުޅުންހުރި މައްސަލައެއްނަމަ، އެ މައްސަލައެއް މަޖިލީހުން ބަލައިގަނެ، ބަހުސް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.


މީގެއިތުރުން ރައްޔިތުން، ރައީސުލްޖުމްހޫރިއްޔާއަށް ބޮޑު އަޣުލަބިއްޔަތެއް މަޖިލީހުން ދިނީ ރައްޔިތުންގެ އުއްމީދުތަކާއި އެމަނިކުފާނުގެ ސިޔާސަތުތަކާއިގުޅިފައިވާތީ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންވެ މަޖިލީހުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ ރައްޔިތުންނަށްޓަކައި ރައީސް ކުރައްވަން ބޭނުންފުޅުވާ ކަންކަން ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.


ހަމަމިއާއެކު ވިހިވަނަ މަޖިލިސް ނިމިގެންދާއިރު، މަސައްކަތްތައް ނުނިމި، ފުނިޖެހިފައި ނުހުންނާނެކަމުގެ ޔަގީންކަން ދއްވައި ވިދާޅުވީ މި މަޖިލީހަކީ އުފެއްދުންތެރި މަޖިލީހަކަށްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު