ދޯންޏެއް ދިޔަވެ، އަޑިއަށް ދާތީ އެމްއެންޑީއެފްގެ އެހީތެރިކަން

4 months ago

އަފްރާހް

ފާދިއްޕޮޅަށް ދަތުރުކުރި ދޯންޏެއް ދިޔަވެ، އަޑިއަށް ދާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެއީ ހަތަރު މީހުންނާއެކު ދަތުރުކުރި "ލޫމް 2" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި ކ. ހެލެގެލި ކައިރިން ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.


މިހާދިސާ ހިނގީ ކަނޑުއޮޅިން ނުކުންނަށް އުޅުމުގެ ތެރޭގައި ގަލެއްގައިޖެހިގެންކަމަށް މައުލޫމާތު ލިބިފައިވާކަަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ހާދިސާގެ ރިޕޯޓް ލިބުނީ ޖޫން 7 ވަނަ ދުވަުގެ ރޭ 8:52 ގައި ކަމަށް ވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު