ފަގީރުންގެ ލިސްޓުން މީހުން ހައްޖަށް ފޮނުވަނީ ސީދާ ދައުލަތުގެ ޚަރަދުގަ: ޑރ. ޝަހީމް

4 months ago

އަފްރާހް

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ މީހުންގެ ތެރޭގައި ފަގީރުންގެ ދަފްތަރުގައި ހިމެނޭ 50 މީހުން ސަރުކާރުން ހައްޖަށް ފޮނުވީ ޒަކާތު ފަންޑުން ނޫން ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވަނީ ފަގީރުންގެ ލިސްޓުން މިއަހަރު އަލަށް ހައްޖަށް ފޮނުވި 50 މީހުންނާ ގުޅިގެން ތަފާތު ވާހަކަތައް ނަފްރަތު އުފެދޭ ގޮތަށް ދައްކަމުން އަންނަކަަން ފާހަގަކުރައްވާފައެވެ. އަދި ވިދާޅުވީ ހައްޖު ވާޖިބު ނުވާ ބަޔަކަށް ކިއު ސިސްޓަމްގެ ތެރެއިން ނާޖާއިޒު ގޮތުގައި ޖާގަތައް ދިންކަމަށް ބުނެ ފަތުރަނީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.


މީގެއިތުރުން ޒަކާތު ފައިސާ އިން މީހުން ހައްޖަށް ފޮނުވުމަކީ އޭގެ ޒާތުގައި ޝަރުޢީ ގޮތުން މައްސަލައެއް ނޫން ކަމަށާއި އެފައިސާ އެ ހޭދަ ކުރެވެނީ މާތް ﷲގެ މަގުގައި ކަމަށް ވުމާއެކު ދައުލަތުން އެފަދަ ކަމެއް ކުރުމަކީ އެއްވެސް މައްސަލެއް އޮތްކަމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމީހުން ހައްޖަށް ފޮނުވީ ސީދާ ދައުލަތުގެ ޚަރަދުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު