މާމުއި: ގިނަ ފައިދާތަކެއް ލިބޭ އެއްޗެއް

6 months ago

އަފްރާހް

މާމުޔަކީ ގިނަ ފައިދާތަކެއް ލިބޭ އެއްޗަކަށްވާއިރު، ކެއުމުގައި އާންމުުކޮށް ބޭނުން ކުރުމަކީ ވެސް ރަނގަޅު ކަމެއްގެގޮތުގައި ސިއްހީ މާހިރުން ވިދާޅުވެއެވެ.


މާމުއިން ލިބޭ ފައިދާތަލުގެ ތެރޭގައި އެކްޒިމާ މެނޭޖުކުރުމަށް އެހީތެރިކަން ލިބޭކަމަށް ބުނެއެވެ. އެކްޒިމާ އަކީ ހަމުގެ ބައްޔަކަށްވާއިރު، އޭގެ ސަބަބުން ހަން ރަތްވެ، ހަމުގައި ރިއްސައި، ހަންގަނޑު ފަޅައިގެން ދެއެވެ.


މި ބައްޔަކީ ކުޑަކުދިންނާއި ޒުވާން އުމުރުގެ ކުދިންނަށް ވެސް ވަރަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. އެހެންކަމުން މާމުއި އާއި ފިނިކޮށް ހުންނަ ޒައިތޫނި ތެޔޮ އެއްކޮށްގެން ވޭނުގައި ތިބޭ މީހުންނަށް ފަރުވާ ދެވިދާނެއެވެ. އަދި މި ދޭތި ރަނގަޅަށް އެއްކޮށްލައި، ހަންގަނޑުގައި އެޅިދާނެއެވެ. މިކަމުގެ ސަބަބުން ލުއިކަން ލިބެއެވެ.


މީގެ އިތުރުން މިދެބާވަތުގެ ތެރެއަށް އޯޓްސް އާއި އެއްކޮށް ހަންގަނޑު އެކްސްފޯލިއޭޓްކޮށް، ހަމުގެ މަރުވެފައިވާ އެއްވެސް ސެލްއެއް ވާނަމަ ނައްތާލައިކަމަށް ވެސް މާހިރުން ވިދާޅުވެއެވެ.


ސައިނަސްގެ މައްސަލަތަކުން ލުޔެއް ލިބުން


ވައި ތަޣައްޔަރުވުމާއި ކުނީގެ މިންވަރު އިތުރުވުމަކީ ގިނަ ބަޔަކަށް ސައިނަސްއާ ގުޅުންހުރި މައްސަލަތައް ދިމާވާ ސަބަބެކެވެ. އިންފެކްޝަނެއް ޖެހުމަށް މަގުފަހިވާ ވައިރަސްތަކުގެ ސަބަބުން އަހަރެމެންގެ ސައިނަސް ބަންދުވެ، ވައި އާއި މިއުކަސް ތާށިވެ، ނުތަނަވަސްކަން އުފެދެ އެވެ. އަނެއްކޮޅުން ގުދުރަތީ ގޮތުން މާމުއިގައި ހިމެނޭ އެންޓިބެކްޓީރިއަލް އަދި އެންޓިސެޕްޓިކް ސިފަތަކުގެ ސަބަބުން އިންފެކްޝަންތައް ސާފުކޮށް، އިންފްލެމޭޝަން ކުޑަކޮށްދެއެވެ. މާމުއި އަކީ ކަރުތެރެ ފިނިކޮށްދީ، ކެއްސުން މަދުކޮށްދީ، ދިފާއީ ނިޒާމު ވަރުގަދަކޮށް، ސައިނަސް މަދުކޮށްދޭ އެއްޗެކެވެ.


ހިރުގަނޑުގެ ބަލިތަކަށް ބައްޔަށް ފަރުވާ ކުރުމަށް އެހީތެރިވެދިނުން


މާމުގައި އެންޓިބެކްޓީރިއަލް އަދި އިންފެކްޝަން-ކިއުރިން ގުނަވަންތަކުގެ ސަބަބުން ޒަހަމްތަކަށް ފަރުވާ ދީ، ރަނގަޅުވުން އަވަސްކޮށްދެ އެވެ. ޖިންޖިވައިޓިސް ފަދަ ގަމުގެ ބަލިތަކަށް ފަރުވާ ކުރުމަށް މާމުއި ބޭނުން ކުރެވިދާނެ އެވެ. މާމުއިގައި އެކުލެވޭ އެންޓި-މައިކްރޯބިއަލް އެޖެންޓްގެ އެހީގައި ބެކްޓީރިއާ އުފެދުން ހުއްޓުވައި، ހިރުގަނޑުގައި އުފެދޭ އުދަގޫތަކަށް ލުޔެއް ހޯދައިދީ، ވޭނަށް ލުޔެއް ހޯދައިދޭ އެއްޗެކެވެ.


އަވަސް އަދި ގަދަ ނިދި


ނިދަން އުނދަގޫ ވާނަމަ ހޫނު ކިރަށް މާމުއި އަޅާފައި ހުންނަ ބުއިން ނިދުމުގެ ކުރިން ޓްރައި ކޮށްލާށެވެ. މާމުއި އަދި ކިރުގައި ހިމެނޭ މި ރަން ސިރަޕްގެ ބައެއް ސަމުސާ އަކީ ނިދި ކުރިއެރުވުމަށް އެތައް ސަތޭކަ އަހަރެއް ވަންދެން ބޭނުންކުރަމުން އަންނަ އެއްޗެކެވެ. އެހެން ކަމުން ނިދި މަޑު ކަން ފާހަގަ ކުރެވޭނަމަ އަޖުމަ ބަލާލާށެވެ.


މާމުޔަކީ ކަންމަތީ ފިހާރަތަކުން ވެސް ގަންނަން ލިބޭ އެއްޗެއްނަމަވެސް މާމުއި ގަތުމުގެ ކުރިން އެއީ އެންމެ ތާޒާ އަދި އެއްވެސް އެއްޗަކާއި އެއްކޮށްފައިވާ އެއްޗެއްތޯ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު