ރައީސް ޑރ. މުއިއްޒު އާއި މޯދީގެ ފޮޓޯތައް އިންޑިއާގެ މަގުތަކުގަ

4 months ago

އަފްރާހް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާ އަށް ވަޑައިގަންނަވާތީ، އެމަނިކުފާނީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯފުޅުތައް އިންޑިއާގެ މަގުތަކުގައި ހަރުކުރަން ފަށައިފިއެވެ.

ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވަނީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގަތުމުން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

މި ރަސއްމިއްޔާތަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، އެންމެގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރައީސް ޑރ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެގައުމުގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީ ކުރިމަތީގައި ޖަހާފައިވާ މޯދީ އާއި ރައީސް ޑރ. މުއިއްޒުގެ ފޮޓޯފުޅަށެވެ.

މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ރައީސް ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު