ފަންނުވެރިންގެ މަސައްކަތް ކުރިއެރވުމަކީ ވަކި ވުޒާރާއަކުން ކުރަންޖެހޭ ކަމެއް ނޫން

6 months ago

އަފްރާހް

ރާއްޖޭގެ ފަންނުވެރިންނަކީ އެފަރާތްތަކުގެ ކުޅަދާނަކަމާއި ހުނަރުތައް ދައްކައިގެން މީހުންގެ ސަމާލުކަން ހޯދިދާނެ ފަންނުވެރިންތަކެއްކަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމްޑަބްލިޔުއެސްސީގެ "ފެނުން ދިރުން" އާޓް ކޮމްޕެޓިޝަން އިފްތިތާހު ކުރުމަށް ސަލްޓަން ޕާކުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެއެވެ.


ވަޒީރު ވަނީ ހުނަރުވެރި އެތައް ކުރެހުންތެރިންނެއް މިހާރު ވެސް ރާއްޖޭގައި ތިބިކަން ފާހަގަކުރައްވައި، ފަންނުވެރިންގެ ކަންކަން ބަލަހައްޓައި އެފަރާތްތަކުގެ މަސައްކަތް ކުރިއެރުވުމަކީ ވަކި ވުޒާރާއެއްގެ މެންޑޭޓުގެ ތެރެއިން ހިންގަން ޖެހޭނެކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ.


މި ރަސްމިޔާތުގައި ވަޒީރު ވަނީ ފެނުން ދިރުން ވެބްސައިޓާއި ކުރެހުމުގެ މުބާރާތް އިފްތިތާހުކޮށްދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު