ބަނޑޭރިކޮށީގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

5 months ago

އަފްރާހް

ބަނޑޭރިކޮށީގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މާލޭގެ ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް ފިރިހެނަކު ފެނިގެން ސީން ގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.


އެހެންނަމަވެސް މަރުވި މީހާ އާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން އަދިހާމައެއް ނުކުރައްވައެވެ.


ފުލުހުން ވިދާޅުވީ އެ އެޕާޓްމެންޓަކީ މިވަގުތު ބޭނުންކުރަމުންދާ ތަނެއް ނޫން ކަމަށެވެ. އަދި އިތުރު މައުލޫމާތު ލިބޭވަރަކުން ހިއްސާކުރައްވާނެ ކަމަަށް ވިދާޅުވިއެވެ.


މި މައްސަލަ ފުލުހން ދަނީ ތަހުގީގު ކުރަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު