100 މީޓަރުގެ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު މިރާލް އައުކޮށްފި

4 months ago

އަފްރާހް

އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އައު ކޮށްފިއެވެ.


އޭނާ މި ރެކޯޑު އައު ކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައެވެ. އޭނާ މި ރޭސް ފުރިހަމަކޮށްފައިވަނީ 01:13.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މިއިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އައު ކޮށްފައިވަނީ ވެސް އޭނާ އެވެ. އެއީ ފައިބެއަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައި 01:13.99 އިން ރޭސް ފުރިހަމަކޮށްގެންނެވެ.


މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އައު ކުރި ފުރަތަމަ ގައުމީ ރެކޯޑެވެ.


ކިޔުންތެރިންގެ ހިޔާލު