ދިވެހި ހުރިހައި ހައްޖުވެރިން ތިބީ އަރަފާތު ބިމުގަ

4 months ago

އަފްރާހް

މިއަހަރު ރާއްޖެއިން ހައްޖަށްދިޔަ ދިވެހި ހުރިހައި ހައްޖުވެރިން ތިބީ އަރަފާތު ބިމުގައި ކަމަށް ދިވެހި ހައްޖު މިޝަނުން ހާމަކުރައްވައިފިއެވެ.


އެ ފަރާތުން ވިދާޅުވި 1150 ދިވެހި ހައްޖުވެރީން ރެއިން ފެށިގެން ޢަރާފާތަށް ދިއުމަށް ފުރާފައިވާއިރު، ރާއްޖޭގެ ހުރިހައި ހައްޖުވެރީން ވެސް މިހާރު ތިބީ ޢަރަފާތު ބިމުގައި ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.


ހައްޖު ދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނަށްވާއިރު، އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ހައްޖު ނުލިބޭނެއެވެ.


އަރަފާތާއި މުޒްދަލިފާގައި މަޑުކުރުމަށްފަހު އަނެއްކާ ވެސް ހައްޖުވެރިން އެނބުރި ދާނީ މިނާއަށެވެ. އެގޮތުން ޙައްޖު މަހުގެ 11، 12 އަދި 13 ވަނަ ދުވަހުވެސް ހޭދަކުރަނީ މިނާގައެވެ.


ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެއެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، 3 ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލް އިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.


ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖުވެރިންގެ އެންމެހާ ކަންކަން ބެލެހެއްޓުމުގައި އެހީތެރިންގެ ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. ޚާއްސަގޮތެއްގައި މިއަހަރުގެ އަރަފާތު ދުވަހަކީ ހޫނުގަދަ ދުވަހަކަށް ވުމުން އެތެރެހަށީގެ ޚާއްސަ ޑޮކްޓަރަކާއެކު 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވެއެވެ.


ކިޔުންތެރިންގެ ހިޔާލު