މާފުށީގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު ނަގައިފި

4 months ago

އަފްރާހް

މާލެއަތޮޅު މާފުށީގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީންގެ މައުލޫމާތު ނަގައިފިއެވެ.


މިއީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހޯމް މިނިސްޓްރީން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.


މި ހިނގާ ޖޫން މަހުގެ 13 ވަނަ ދުވަހު އެ ރަށުގައި ހިންގި މި އޮޕަރޭޝަނުގެ މައުލޫމާތު ހިއްސާ ކުރައްވަމުން އެ މިނިސްޓްރީން ވިދާޅުވީ އެ އޮޕަރޭޝަންގައި މިހައިތަނަށް 805 ބިދޭސީއެއްގެ މައުލޫމާތު ނަގާފައިވާ ކަމަަށެވެ.


އެ މިނިސްޓްރީން ވިދާޅުވީ އަޟްހާ އީދަށް މި އޮޕަރޭޝަން މެދު ކަނޑާލާފައިވާ ކަމަށާއި ނަމަވެސް އީދަށްފަހު އަލުން ފަށާނެ ކަމަށެވެ.


'އޮޕްރޭޝަން ކުރަނގި' އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގައުމީ ހަރަކާތުގެ ދަށުން ކުރިއަށްގެންދާ އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ފެށީ މެއި 2 ގައި ކ. ހިންމަފުށިންނެވެ. އަދި މެއި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގާފައި ވެއެވެ.


އަދުގެ ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަސްތެރޭގައި ރާއްޖޭގައި ތިބި ހުރިހައި ބިދޭސީން ގާނޫނީ އިމުގެ ތެރެއަށް ވެއްދިފައިތިބި މީހުންކަން ކަށަވަރު ކުރުމެވެ. 


ކިޔުންތެރިންގެ ހިޔާލު