އީދު ބަންދުގައި ވެސް އެމަޖެންސީ އައިޑީ ކާޑު ހަދައިދޭނެ

6 months ago

އަފްރާހް

އީދު ބަންދުގައި ވެސް އެމަޖެންސީ އައިޑީ ކާޑު ހަދައިދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.


ޑީއެންއާރް އިން ވިދާޅުވީ އެ ދުވަސްތަކުގައި ކުއްލި ހާލަތަކާއި ގުޅިގެން ހައްދަން ޖެހޭ އައިޑީކާޑު އެ އިދާރާގެ ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި ހޮޓްލައިން ނަންބަރަކީ 7280368 ކަމަށެވެ.


އައިޑީ ކާޑު ހައްދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން އައިޑީކާޑުގެ ވެރިފަރާތުގެ ސިޓީއެއް ހުށަހެޅުމުން ސިޓީގައި އަންގާފައިވާ ފަރާތަށް އައިޑީ ކާޑު ނެގޭނެ އިންތިޒާމު ވެސް މިހާރުވަނީ ހަމަޖައްސާފައެވެ.


އަޟްހާ އީދު ދުވަހަކީ މި ޖޫން މަހުގެ 16 ވާ އާދީއެްތަ ދުވަހެވެ. އެހެންކަމުން ހައްޖު ދުވަހާއި އީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހެވެ. އަދި މި ހަފްތާގެ ބުދަ ދުވަސް ވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ދާދިފަހުން ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު