މިވަގުތު ފަލަސްތީނުގެ މުސްލިމުންގެ ހައްގުގައި ދުޢާ ކުރުން އެންމެ މުނާސަބީ ހައްޖުވެރިން

4 months ago

އަފްރާހް

މިވަގުތު ފަލަސްޠީނުގެ މުސްލިމް އަޚުންގެ ޙައްޤުގައި ދުޢާކުރުން އެންމެ މުނާސަބު ބަޔަކީ ޙައްޖުވެރިންކަމުގައި ހައްޖު ހުތުބާގައި ބުނެފިއެވެ.


ހުތުބާގައި ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދަތި ހާލުތައް އިހުސާސްކޮށް، ފަލަސްތީނުގެ ރައްޔިތުންގެ ދަތިހާލުން އެމީހުން މިންޖު ކުރުމަށް އެންމެހާ މުސްލިމުން ވެސް ދުއާ ދަންނަވަން ޖެހޭނެކަން ފާހަގަކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަކީ އަނިޔާ ލިބެމުންދާ ބައެއް ކަމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.


މީގެއިތުރުން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ޙައްޖަތުލް ވަދާޢުގެ ހުތުބާގައި ހަދީސް ކުރެއްވި ބައެއް ކަންކަމަށް ވަނީ އަލިއަޅުވާލައްވާފައެވެ.


އެގޮތުން އެކެއްގެ ލެޔާއި ނަފްސު، އަނެކާއަށް ހަރާމްވެގެންވާކަން ފާހަގަކުރެެއްވިއެވެ. އަދި މާތް ﷲއަކީ އެއްކައުވަންތަ ރަސްކަނލާގެ ކަމަށާއި އިންސާނުންނާއި ޖިންނީން އެކަނލާގެ ހެއްދެވީ އެކަނލާގެއަށް އަޅުކަން ކުރުމަށްކަމަށް ވެސް ވިދާޅުވިއެވެ.


ހަމައިއާއެކު މާތް ﷲ ރަސޫލު ބޭކަލުން ފޮނުއްވެވީ ދުނިޔެއިން ޖާހިލުކަމާއި އެއް ބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުން ހުއްޓުވުމަށްކަން ވެސް ހައްޖު ހުތުބާގައި ފާހަގަކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު