ކަމޭހިތުމާއި އިހްތިރާމާއެކު މުއާމަލާތުކުރުމަށް ރައީސް އެދިވަޑައިގެންފި

4 months ago

އަފްރާހް

ކާބަފައި ޒަމާނުއްސުރެ އަޅުގަނޑުމެން ދަމަހައްޓަމުން އައި ކަމޭހިތުމާއި އިހްތިރާމާއެކު މުޢާމަލާތުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.


1445 ވަނަ އަހަރުގެ އަޟްހާ އިދުގެ މުނާސަބާގައި ފޮނުއްވި ހިތާބުގައި އެމަނިކުފާނު ވަނީ އީދަކީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް މެހްމާނުން ޒިޔާރަތްކުރުން ގިނަ އުފާވެރި ފޯވައްސެއްކަން ފާހަގަކުރައްވާފައެވެ.


އެމަނިކުފާނު ވަނީ އެއްބަޔަކު އަނެއް ބަޔަކާ ރީތިބަހުން ވާހަކަދައްކައި، ހެޔޮފޯރުވުމުގެ ރީތި އުސޫލުތައް ދިރުވައި އާލާކުރުމަށް، ކޮންމެ ރަށަކާ ކޮންމެ ޢާއިލާއަކުން ވެސް އިސްކަން ދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.


" ދަރީންނަށް ބުނެދޭންވީ އީދުގެ ދިއްލުންތަކާއި އުފާފާޅުކުރުންތަކާއި އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގަ." ރައީސް ވިދާޅުވިއެވެ.


އެމަނިކުފާނު އިތުރަށް ވަނީ މިފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދިނުމަށް ސަމާލުކަން ދިނުމަށް ވެސް އެދިލައްވާފައެވެ. އަދި އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެދިލެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު