ފަލަސްތީނު ރައްޔިތުންނަށް ނަސްރު ލިބުމަށް އެދި ދުޢާ ކުރަންޖެހޭ: އަމީރުލް ހައްޖު

4 months ago

އަފްރާހް

ފަލަސްތީނު ރައްޔިތުންނަށް ނަސްރު ލިބުމަށް އެދި ދުޢާ ކުރަންޖެހޭ ކަމުގައި ރާއްޖޭގެ އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު ވިދާޅުވީ މިދުވަހު އަޅުގަނޑުމެންގެ އަޚުން ކަމުގައިވާ ފަލަސްތީނުގެ ރައްޔިތުންގެ މަތީން ހަނދާންކުރަން ޖެހޭ ކަމަށެވެ. އަދި ފަލަސްތީނަށް ނަސްރު ލިބިގެންދާތަން ވަރަށް އަވަހަށް ފެންނާނެ ކަމަށެވެ.


އަރަފާތު ބިމުގައި ހުންނަވައި އެމަނިކުފާނު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ދިވެހި ހުރިހައި ހައްޖާޖީން ވެސް ތިބީ އަރަފާތު ބިމުގައި ކަމަށެވެ. އަދި ކުރިންވެސް ރޭވިފައިވާ އިންތިޒާމުތަކާއި އެއްގޮތަށް ދިވެހި ހުރިހައި ހައްޖާޖީން އަރަފާތު ބިމަށް އައިސްފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާ ކަމަށެވެ.


މީގެއިތުރުން އަމީރުލްހައްޖު ވަނީ ދިވެހި ހުރިހައި ހައްޖާޖީންނަށް މަބްރޫރް ހައްޖެއް މިންވަރުކުރެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ. އަދި ހައްޖު ދުވަހުގެ ސަވާބާއި ދަރުމަ ދިވެހި ހުރިހައި ރައްޔިތުންނަށް މިންވަރު ކުރެއްވުމަށް ވެސް ދުޢާ ދަންނަވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު