އީދު ދުވަހު ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ދުވަސް ކަމުގައިވާ ޖޫން 16 ވާ އާދީއްތަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ނިންމައިފިއެވެ.


އިސްލާމިކް މިނިސްޓްރީ އާއި އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން ބާއްވާ މި ހަރަކާތް އޮންނާނީ އާދިއްތަ ދުވަހުގެ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެނެވެ.


އިސްލާމީ މަރުކަޒާއި ކުޑަކުދިންގެ ބަގީޗާގައި ބާއްވާ މި ހަވީރުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ވެސް ހަދިޔާ ލިބޭނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ކުދިން ޝައުގުވެރިވާނެ ފަދަ ތަފާތު އެދި ކުޅިވަރުތައް ވެސް މި ހަވީރުގައި ކުޅެވޭނެ ގޮތަށް ހުންނާނެކަމަށް ވިދާޅުވިއެވެ.


މިއީ އަޟްހާ އީދުގެ މުނާސަބަތުގައި ކުޑަކުދިން އެކުގައި އުފާވެރި ވަގުތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ކުޑަކުދިންގެ ހަވީރެކެވެ.


ކިޔުންތެރިންގެ ހިޔާލު