އީދު ލައިޓުތަކުގެ ކޭބަލްތަކެއް ވަގަށް ނަގައިފި

4 months ago

އަފްރާހް

އީދު ލައިޓުތަކުގެ ކޭބަލްތަކެއް ވަގަށް ނަގައިފިއެވެ.


މާލޭ ސިޓީ ކައުންސިލުން 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ ޖުމްހުރީ މައިދާނުގައި ދިއްލާފައި ހުރި ބައެއް އީދު ލައިޓުތަކުގެ ކޭބަލްތައް ވަނީ ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.


ސިޓީ ކައުންސިލުން މީސްމީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުން އެ ސަހަރައްދުގައި ބައްހަޓާފައިވާ ބައެއް ލައިޓްތައް ދިއްލިފައެއް ނުވެއެވެ.


އަޟްހާ އީދުގެ މުނާސަބަތާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް ދިއްލުމަށް ލައިޓްތައް ހަރުކޮށްފައިވާއިރު، ޖުމްހޫރީ މައިދާނުގައި ބަހައްޓާފައިވާ ލައިޓްތައް ބައްލަވައިލެއްވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ސަރަހައްދަށް ވަޑައިގެންފައެވެ.


މާލެ ސަރަހައްދުގައި ކަރަންޓް ކޭބަލްތައް ވަގަށް ނަގާ މައްސަލަ އިތުރުވެފައިވާއިރު، ދާދި ފަހުން ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާ މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު