މާލެ ސަރަހައްދުގައި މިއަދު ދެގަޑިއިރަށް ވެހިކަލް ދުއްވުން މަނާ

4 months ago

އަފްރާހް

މާލެ ސަރަހައްދުގައި މިއަދު ދެގަޑިއިރަށް ވެހިކަލް ދުއްވުން މަނާވާނެ ކަަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.


އެ ކައުންސިލުން ވިދާޅުވީ މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހަވީރު 4 ން އިރުއޮއްސި 6 ޖަހަންދެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ އާންމު ހުރިހައި މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.


އެހެންނަމަވެސް އެމަޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކަރ އެ ކައުންސިލުގެ އާންމު ހިދުމަތާއި ބެހޭ ބައި (ތައިސޭކޮށި، މާލެ) އިން މިޙާރުވަނީ ދޫކޮށްފައެވެ.


ސިޓީ ކައުންސިލުން ވިދާޅުވީ އިންޖީނުލީ ވެހިކަލް ދުއްވުން މަނާ ވަގުތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭ މަގުތަކުގައި އިންޖީނުލީ އުޅަނދާއި ބެޓެރި އުޅަނދު ވެސް ދުއްވުމަކީ މަނާކަމެއް ކަމަށެވެ. އަދި އެ އަމުރާ ޚިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.


މީގެކުރިން ވެސް މިފަދަ ދުވަސްތަކުގައި ވަކިވަގުތެއްގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރެއެވެ. އެއީ އާއިލާއާއި ރައްޓެހި، ރަހްމަތްތެރިންނާއެކު އުފާވެރި، ހިތްހަމަޖެހޭ ވަގުތުކޮޅެއް މަގުތަކުގައި ހޭދަކޮށްލުމަށް ފުރުސަތު ދިނުމަށެވެ.


ކިޔުންތެރިންގެ ހިޔާލު