މާލޭގައި ސައިކަލުތަކެެެއްގައި އަލިފާން ރޯވެއްޖެ

4 months ago

އަފްރާހް

ހެންވޭރު މެހެލިގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯވެއްޖެއެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ޖޫން 16 ވަނަ ދުވަހުގެ ރޭ ދަންވަރު 12:37 ހާއިރު ކަމަށެވެ. އަދި އެ އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ނިއްވާލާފައިވާ ކަމަށެވެ.


އެ ހާދިސާގެ ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން އެ ސަރަހަށްދަށް ގޮސް ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 12:42 ހާއިރު ކަމަށް ވެސް ވިދާޅުވިއެވެ.


އެ އިދާރާ އިން ވިދާޅުވީ އެ ހާދިސާގައި ފަސް ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.


އެހެންނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު