ދެ ލޯންޗު ޖެހި އެކްސިޑެންޓެއް

4 months ago

އަފްރާހް

ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މިއީ ވޮއްމުލި ރިސޯޓު ކައިރިން ދެ ލޯންޗުޖެހި ހިނގި އެކްސިޑެންޓެއް ކަަމަށެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަަމަށެވެ.


މިކަމާއިގުޅިގެން ދ. އަތޮޅު ހޮސްޕިޓަލާއި ހަވާލާދީ ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެ ހާދިސާއާއި ގުޅިގެން ދެ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި އެ ދެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.


މީގެއިތުރުން އެމީހުންގެ ބޭރުފުށުން މާބޮޑު އަނިއްޔާއެއް ފެންނަން ނެތް ކަމަށް ވެސް ނޫސްތަކުގައި ވެއެވެ.


އެހެންނަމަވެސް އެމީހުންގެ ހާލަތު އިތުރަށް ދެނެގަތުމަށް އެކްސްރޭއެއް ނަގާ ޓެސްޓް ހަދަމުންދާ ކަމަށް ވަނީ ބުނެފައެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބޭވަރަކުން ހިއްސާކުރައްވާނެ ކަަމަށެވެ.


ކިޔުންތެރިންގެ ހިޔާލު