6 months ago
ލަކުޑިތަކެއްގައި ރޯވެ، ފާދިއްޕޮޅު ނައިފަރުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނައިފަރު ފަޔަރ ސްޓޭޝަނުން ވިދާޅުވީ އަލިފާން ރޯވީ އެރަށު އުތުރު ފަރާތު ސިނާއީ ސަރަހައްދުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއްގައި ކަމަށެވެ. އަދި އެ ހާދިސާގެ ރިޕޯޓު ލިބުނީ ޖޫން 16 ވަނަ ދުވަހުގެ ރޭ 8:05 ހާއިރު ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ، ނިއްވާލާފައިވަނީ 8:30 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑިއެފް އިން ވިދާޅުވެއެވެ.