ވާރޭ ވެހުމުގެ ސަބަބުން މިނާގަިއ ފިނިކަން އިހްސާސް ކުރެވިއްޖެ

4 months ago

އަފްރާހް

ވާރޭ ވެހުމުގެ ސަބަބުން މިނާގައި ފިނިކަން އިހްސާސް ކުރެވިއްޖެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ ވާރޭ ވެހުމުގެ ސަބަބަބުން މިނާ ގައި ވަނީ ފިނިކަން އިޙުސާސްވެފައި ކަމަށެވެ. އަދި ދިވެހި ހާޖީންގެ ޙާލު ރަނގަޅު ކަމަށެވެ.


މީގެއިތުރުން ހިލައުކުމަށްޓަކައި ދިވެހި ޙާޖީން މިހާރުތިބީ ޖަމްރާތަކާއި ގާތުގައި ކަަމަށް ވެސް އެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.


 


އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ޙައްޖު މޫސުމުގައި ހޫނުގަދަވުމުގެ ސަބަބުން ޙައްޖާޖީންތަކެއް ވަނީ މަރު ވެސް ވެފައެވެ. އެގޮތުން އުރުދުން އާއި އީރާންގެ 19 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.


އޭގެ ތެރެއިން ގިނަ ބަޔަކު މަރުވީ ގަދަ ހޫނުގައި ކުރިމަތިވި މައްސަލަތަކުގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފައެވެ.


މިއަހަރު 1.8 މިލިޔަން މީހުން ޙައްޖުގެ އަޅުކަމުގައި ވަނީ ބައިވެރިވެފައެވެ.


ފައިބެއަހަރު ވެސް ހޫނު ގަދަވުމުގެ ސަބަބުން 240 މީހަކު ޙައްޖުގެ އަަޅުކަމުގެ ތެރޭގައި މަރުވެފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު