ސިނަމާލެ ބްރިޖު މަސައްކަތުގައި އުޅުނު އިންޑިއާ މީހެއް މަރުވެއްޖެ

4 months ago

އަފްރާހް

ސިނަމާލެ ބްރިޖު މަސައްކަތުގައި އުޅުނު އިންޑިއާ މީހެއް މަރުވެއްޖެއެވެ.


ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރަމުންދިޔަ ބިދޭސީއެއް އަނބުރައިގަނެގެން ޖޫން 17 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.


އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.


އެހެންނަމަވެސް މިކަމާއި ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އަދިހާމައެއް ނުކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު