މަސްތުވާތަކެތީގެ ވިޔަފާރި ކުރާނަމަ، މި ސަރުކާރުން ވަކި މީހަކު އިސްތިސްނާ ނުކުރާނެ: މިނިސްޓަރ

4 months ago

އަފްރާހް

މަސްތުވާތަކެތީގެ މައްސަލަ ހައްލުވާނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅުއަޅައިގެން ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.


ޕީއެސްއެމް އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ކުރެއްވި އެންމެ މުހިންމު އެއްކަމަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ދިމާތައް ދެނެގަތުންކަމަށެވެ.


މިނިސްޓަރ ވަނީ އެތަކެތި އެތެރެކުރާ މީހުންގެ މައްސަލަތައް ވެސް ތަހުގީގުކުރަމުންދާކަމަށް ވެސް ފާހަގަކުރައްވާފައެވެ.


"ރާއްޖޭގައި މީގެ ކުރިން ޢަމަލުކުރަމުން އައިގޮތުން މަސްތުވާތަކެތި ގެންގުޅޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމަކީ އުނދަގޫކަމެއް. އެގޮތުން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް މީގެކުރިން ނުގެނެވުމަކީ މިހާތަނަށް ފެއިލްވެފައި އޮތް ކަމެއް." އިހްސާން ވިދާޅުވިއެވެ.


މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ކޮންމެ އިސްލާހެއް ވެސް ގެންނެވުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރާނަމަ، ވަކި މީހަކު އިސްތިސްނާކުރުން މި ސަރުކާރުން ނުގެންގުޅޭނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.


މިނިސްޓަރ އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ ބޮޑެތި މީހުން ދޫކުރެވޭ ކަމަށާއި އެކަމަށް ކޯޓުތަކުގެ ތެރެއިން ހައްލު ހޯދުމަށް ބަންޑާރަ ނައިބާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 


ކިޔުންތެރިންގެ ހިޔާލު