މުދަލު ޒަކާތް ދައްކާ މީހުން އިތުރުވާން ފަށައިފި

4 months ago

އަފްރާހް

ރާއްޖޭގައި މުދަލު ޒަކާތް ދައްކާ މީހުން އިތުރުވަމުން އަންނަކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރައްވައިފިއެވެ.


އެ އޮތޯރިޓީން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ މެއި މަހު މުދަލު ޒަކާތުގެ ގޮތުގައި 9.1 މިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ. އަދި މިއީ ފައިބެއަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދާއި އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެއްކަން ފާހަގަކުރައްވައެވެ.


އެގޮތުން 2023 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނީ 4.5 މިލިއަން ރުފިޔާއެވެ.


ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހައިތަނަށް މުދަލު ޒަކާތުގެ ގޮތުގައި 46.6 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 48.1 މިލިއަން ރުފިޔާއެވެ.


ރާއްޖޭގައި މުދަލު ޒަކާތް ދައްކަންޖެހޭ ނިސާބަށް ބަދަކު ގެނެސް، މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ދައްކަންޖެހޭ ނިސާބަކީ 9353.40 ރުފިޔާއެވެ.


މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ. ރާއްޖޭގައި ނިސާބު ބަލަނީ ރިހިންނެވެ. މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވެއެވެ.


މުދަލު ޒަކާތް ބަހަނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ފަގީރުންގެ މެދުގައެވެ.


ޒަކާތަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ތިންވަނަ ރުކުނަށްވާއިރު، އެއީ ތަނަވަސްކަމާއި މުއްސަދިކަމުގެ އަހުލުވެރީންގެ ކިބައިން ފަޤީރުންނަށާއި ނިކަމެތީންނަށް ލިބިދޭ ދީނީ ހައްގެކެވެ.


މުދަލު ޒަކާތް ނެރުން ވާޖިބުވަނީ މުދަލުގެ ނިސާބު ހަމަވުމާއި ނިސާބު ހަމަވެ، އެއަށް ހިޖުރީ ގޮތުން އެއްއަހަރު ފުރުމާއި ތިމާގެ ފުރިހަމަ މިލްކުވެރިކަމުގައި އެ މުދާ ހުރުމެވެ.


ކިޔުންތެރިންގެ ހިޔާލު