6 months ago
ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ޝަރުޠު ހަމަވާ ސިޔާސީ ހަ ޕާޓީއަށް ފައިސާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ޝަރުތު ހަމަވާ ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި އަދާލަތު ޕާޓީއެވެ.
އެގޮތުން އެމްޑީޕީ އަށް 15.1 މިލިއަން ރުފިޔާ ލިބޭއިރު، ޕީޕީއެމް އަށް 10.4 މިލިއަން ރުފިޔާ، ޖޭޕީ އަށް 5.3 މިލިއަން ރުފިޔާ ލިބެއެވެ. އަދި އެމްޑީއޭ އަށް 2.4 މިލިއަން ރުފިޔާ ލިބެއެވެ.
މީގެއިތުރުން ޕީއެންސީ އަށް 8 މިލިއަން ރުފިޔާ ލިބޭއިރު، އަދާލަތު ޕާޓީ އަށް ލިބެނީ 2.5 މިލިއަން ރުފިޔާއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާގޮތުގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާއި ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފްތަރުގައި 10،000 މީހުން ހަމަވާ ޕާޓީތަކަށެވެ. އަދި ސިޔާސީ ޕާޓީތަކަށް ދޫކުރާނީ އެ އަހަރަކަށް ފާސްކުރާ ބަޖެޓުގެ 0.01 އިންސައްތައަށްވާ ފައިސާއެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.
ވާހިދު އަލީ
މަ ހިތައް އަރާ، ދަވްލަތުގެ މާލިއްޔަތުން މިވަރުގެ ހޭދައެއް ޕާޓީތަކަށް މި ކުރަނީ ކީއްކުރަންބާވައޭ، ގަވްމަށް، ރައްޔިތަކަށް ފައިދާހުރި ކަމެއް މި ބަޔަކު ކުރަނީ އެއްނޫން، އެއަށްވުރެން މާރަނގަޅެއްނު ހިލޭ ސާބަހަށް މަސައްކަތްކުރާ އެން.ޖީ.އޯސް ތަކަށް މި ފައިސާ ދިނިއްޔާ..
6 months ago