އަންނަ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެ

4 months ago

އަފްރާހް

ޖޫން މަހުގެ 19 ވާ ބުދަ ދުވަހުން ފެށިގެން މޫސުން ގޯސްވާނެކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ މާދަމާ އިން ފެށިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވިއެވެ.


މީގެއިތުރުން ހުޅަނގާއި ހުޅަނގު ދެކުނުން 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރައްވާފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލާއި 40 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް ލަފާކުރައްވައެވެ.


ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެތީ، މޫސުމަށް ބަލައިގެން ކަނޑުދަތުރުތައް ރޭވުމަށް ވަނީ އެދިލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު