ގުރައިދޫ މަރުކަޒުގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފި

6 months ago

އަފްރާހް

މާލެއަތޮޅު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.


އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވިދާޅުވީ އެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ، އުޅެވޭ 60 އިސްރަށްވެހީންނަށް މި ޕްރޮގްރާމު ބާއްވާފައިވާ ކަމަށެވެ.


މިއީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކާއި އެކު ފޯރުކޮށްދެވޭ މައުލޫމާތު ސެޝަންތަކެކެވެ. އަދި މި މައުލޫމާތު ދެއްވާނީ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ. އެގޮތުން ނަރުހުންނާއި ސޯޝަލް ވާރކަރުން މި ސެޝަންތަކުގައި މައުލޫމާތު ދެއްވާފައިވާ ކަމަށް އެ ވުޒާރާ އިން ވަނީ ވިދާޅުވެފައެވެ.


އެ ވުޒާރާ އިން އިތުރަށް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މަގްސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެ މަރުކަޒުގައި ހިދުމަތް ހޯދާފަރާތްތައް މުޖްތަމައަށް ނެރުމަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދިނުން ކަމަށެވެ.


ޖޫން 18 ވަނަ ދުވަހި ބޭއްވި މި ސެޝަންގައި މައުލޫމާތު ދެވިފައިވަނީ ދުޅަހެޔޮސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުހިއްމު ކަންކަމުގެ މައްޗަށް ކަމަށް ވެސް އެ ވުޒާރާ އިން މައުލޫމާތު ދެއްވައެވެ.


ކިޔުންތެރިންގެ ހިޔާލު