6 months ago
މީގެކުރިން ވެސް ގެއްލިގެން ހޯދާފައިވާ ޚަދީޖާ ޔަލްވީ އަނެއްކާ ވެސް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ އުމުރުން 14 އަހަރުގެ ޚަދީޖާ ޔަލްވީ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ އެންމެފަހުން ފެނިފައިވަނީ މި ޖޫން މަހުގެ 14 ވީ ހުކުރު ދުވަހު ކަަމަށް ވެސް އާއިލާ އިން މައުލޫމާތުދޭ ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ޔަލްވީގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިނަށް 3322111 ނުވަތަ އެފްސީޕީޑީގެ ނަންބަރު 3000600 ނުވަތަ 9790163 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިލައްވާފައި ވެއެވެ.
މ. އެނބޫމާގެއާގެ، ޚަދީޖާ ޔަލްވީ (14އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން.
— Maldives Police (@PoliceMv) June 19, 2024
ޚަދީޖާ ޔަލްވީ އެންމެ ފަހުން ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހު، ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ. pic.twitter.com/3D62MDE2bB
ޔަލްވީ ގެއްލިގެން މީގެކުރިން ވެސް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. އެއީ މިއަހަރުގެ ފެބްރުވަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އޭނާ ގެއްލިގެން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުމާއިއެކު ހަމަ އެ ދުވަހު ޔަލްވީ ވަނީ އެނބުރި ގެއަށް ގޮސްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން އޭރުވަނީ ހާމަކުރައްވާފައެވެ.