ފައްޔާޟު އޮސްޓްރޭލިއާ އަށް

6 months ago

އަފްރާހް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕާރސަން ފައްޔާޟު އިސްމާއިލް އޮސްޓްރޭލިއާއަށް ވަޑައިގެންފިއެވެ.


އެމަނިކުފާނުގެ މި ދަތުރަކީ އޮސްޓްރޭލިއާގެ ސިޑްނީގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކޮންފަރެންސަށް ފައްޔާޟު ވަޑައިގެންނެވީ އޮސްޓްރޭލިއާގެ އިދިކޮޅު ލިބަރަލް ޕާޓީގެ އަހަރީ ކޮންފަރެންސުގައި ބައިވެރިވުމަށް ލިބިވަޑައިގެންނެވި ދައުވަތަކަށެވެ.


ހަތަރު ދުވަހުގެ މި ދަތުރުގައި އޮސްޓްރޭލިއާގެ ލިބަރަލް ޕާޓީގެ އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، ތަޖުރިބާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.


1944 ވަނަ އަހަރު އުފެއްދި ލިބަރަލް ޕާޓީއަކީ އޮސްޓްރޭލިއާގެ މިހާރުގެ އިދިކޮޅު ޕާޓީއަކީ ސެންޓަރ ރައިޓް ޕާޓީއެކެވެ. އެޕާޓީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާން ފެށީ 2022 ވަނަ އަހަރުގެ ފެޑެރަލް އިލެކްޝަންއިން އެޕާޓީ ބަލިވުމަށްފަހުއެވެ.


ފައްޔާޟު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ލިބަރަލް ޕާޓީ ކުރަމުންދާ ތަޖުރިބާ ގޮތާއި އެޕާޓީގެ ކެމްޕޭން ސްޓްރެޓަޖީތައް މި ދަތުރުން އެގިގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން އެމްޑީޕީން ހިންގާ ހަރަކާތްތަކަށް ކުރިއެރުން އަންނާނެ ކަމަށެވެ.


މި ދަތުރުގައި އެމްޑީޕީގެ ފަރާތުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ގައުމީ މަޖިލިސް މެންބަރު މުހައްމަދު ޖައިޝް ބައިވެރިވެވަޑައިގަންނާވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު

އިއްބެ

ޕާޓީއަށްފައިސާކޮޅުހަމަލިބުނީއޮސްޓުރޭލިއާއަށް ޕާޓީންކުރަންވާއެއްވެސްކަމެއްނުކުރެވޭ ހަސަންލަތީފުވރސްހެދީހަމަތިހެން ކުރިކަމެއްނެތް

6 months ago