އަޟްހާ އީދުގައި ވެސް ކުޑަހުވަދޫ މީހުން ދެއްކީ ފަލަސްތީނާއެކުގައި ތިބިކަން

4 months ago

އަފްރާހް

މިއަހަރުގެ އަޟްހާ އީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު، ދ. ކުޑަހުވަދޫ ރައްޔިތުން ފަލަސްތީނު ރައްޔިތުންނާއެކު ތިބިކަން ދައްކައިދިނުމަށް ހިނގާލުމެއް ބާއްވައިފިއެވެ.


"ފަލަސްތީނާއެކު ކުޑަހުވަދޫ" މި ނަމުގައި އެރަށުގައި ހިނގައިލުން ބޭއްވީ އަޟްހާ އީދުގެ ހަރަކާތްތައް މެދުކަނޑާލުމަށް ފަހުގައެވެ.


ކުޑަހުވަދޫ އަކީ މި އަހަރު ގައުމީ ފެންވަރުގައި އީދު ފާހަގަ ކުރާ ތިން ރަށްށުގެ ތެރެއިން އެއްރަށަށްވާއިރު، އެ ރަށުގައި އީދު ފާހަގަ ކުރުމުގެ ގޮތުން ވަރަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.


އެރަށުގައި ގައުމީ ފެންވަރުގައި ބޭއްވި މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއިރު، އެ ހިނގައިލުމުގައި ވެސް ވަޒީރު ބައިވެރިވެވަޑައިގެންނެވިއެވެ.


މި ހިނގާލުމުގައި ފަލަސްތީނުގެ ދިދަ އާއި އެރަށު ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށްދޭ އެކިއެކި ޝުއޫރުތައް ދައްކުވައިދޭ ބެނަރތައް ވަނީ ބޭނުންކޮށްފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ފަންޑު ފޮއްޓެއް ވެސް ހުޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު