އީދުގައި ފެން ޖެހުމަކީ ދީނީ ގޮތުން ފުށުއަރާ ކަމެއް ނޫން: ޑރ. ޝަހީމް

4 months ago

އަފްރާހް

އީދުގައި ފެން ޖެހުމަކީ ދިވެހިންގެ އާދަކާދައެއް ކަމަށާއި އެއީ ދީނީ ގޮތުން ފުށުއަރާ ކަމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ އީދުގައި ފެން ޖެހުމަކީ ދީނީ ކަމެއްތޯ މީހަކު ފޭސްބުކްގައި ކުރި ސުވާލުގެ ޖަވާބުގައެވެ.


މިނިސްޓަރ ވިދާޅުވީ ފެން ޖެހުމަކީ އީދުގައި ކުރެވިދާނެ ކަމެއް ކަމަށެވެ. އެހެންނަމަވެސް އަޟްހާ އީދާއި ފިތުރު އީދުގައި ކުލަ ޖެހުމަކީ ދިވެހި ސަގާފަތެއް ނޫން ކަމަށެވެ.


ޑރ. ޝަހީމްގެ ޕޯސްޓުގައި އިސްލާމީ އުންމަތަށް ﷲ ދަރުމަ ކުރެއްވި ދެ އީދު ދުވަހަކީ މި އުންމަތުގެ ރަމްޒު ކަމަށް ވެސް ވިދާޅުވިއެވެ.


މި ދެ އީދުގެ ތެރެއިން ފިތުރު އީދު އަންނަނީ އިސްލާމް ދީނުގެ ރުކުނެއް ކަމުގައިވާ ފަރުޟު ރޯދައަށް ފަހުގައި ކަމަށާއި އަޟްހާ އީދު އަންނަނީ ހައްޖުގެ އަޅުކަމަށް ފަހުގައިކަން ފާހަގަކުރައްވާ ވިދާޅުވީ އޭގެ މަގްސަދެއް ކަމުގައި ގުރުއާނުގައި ބަޔާންވެގެންވަނީ ކޮންމެ އުންމަތަކަށް ވެސް ދުވަހެއް މާތް ﷲ ލެއްވިކަމާއި މި މާތް އުންމަތުގެ މަތިވެރިވެގެންވާ ރަމްޒަކީ ﷲ އަށްޓަކައި ގުރުބާންކުރެވޭ ކަތިލެވޭ މި ބޮޑު ދުވަސްކަން ކަމުގައި ވިދާޅުވިއެވެ.


އެއީ ﷲ ހަނދުމަކޮށް، ފަގީރުންނަށް ކާންދީ އުފާވެރިކަން ލިބިގަތުމަށް ކަމަށާއި އެކަލާނގެ ދެއްވި ހިދާޔަތުގެ މައްޗަށް ޝުކުރުވެރިވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.


ޑރ. ޝަހީމް ވިދާޅުވީ މިއީ ގުރުއާނުގައި މި ދެ އީދާއި މެދު ސީދާ ނައްސު އައިސްފައިވާ ގޮތް ކަމަށާއި މި ދެ އީދަކީ އިސްލާމްދީނުގެ އަޅުކަމާއި ގުޅިފައިވާ މިއުންމަތުގެ އެންމެ މަތިވެރި ދެ އީދު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު