ސޮނާކްޝީގެ ކައިވެންޏަށް މަންމަ އާއި ބޭބެ ވެސް ނުގަބޫލު

4 months ago

އަފްރާހް

ބޮލީވުޑްގެ ލެޖެންޑްރީ އެކްޓަރ ސަތްރުގަން ސިންހަ ގެ އަންހެން ދަރިފުޅު ސޮނާކްޝީ ސިންހާގެ ކައިވެނި މި ޖޫން މަހު ބާއްވާނެކަން އިއުލާން ކުރުމާއިއެކު ތަފާތު އެކި ވާހަކަތައް އަންްނަނީ ފެންމަތިވަމުންނެވެ.


ސޮނާކްޝީ އާއި ބޮލީވުޑްގެ އެކްޓަރ ޒަހީރު އިގްބާލް މި މަހު ކައިވެނި ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަމުންއަންނައިރު، ކައިވެނީގެ ހަފުލާތައް ބާއްވަނީ އިންޑިއާގެ މުމްބާއީގައި ކަމަށް ވެސް ބުނެއެވެ.


އެގައުމުގެ ބައެއް ނޫސްތަކުގައިވާގޮތުން މިމަހުގެ 23 ވާ އާދިއްތަ ދުވަހު އޮންނަ މި ކައިވެންޏަށް ތައްޔާރުވަމުން އަންނައިރު، ބައެއް ނޫސްތަކުން ބުނަނީ ސޮނާކްޝީގެ ބައްޕަ ސަތްރުގަން ސިންހަ މި ކައިވެންޏަށް ގަބޫލު ނޫން ކަމަށެވެ.


މީގެއިތުރުން ސޮނާކްޝީގެ މަންމަ، ޕޫނަމް ސިންހަ އާއި ބޭބެ ލަވް ސިންހަ ވެސް އެ ކައިވެންޏާ ނުގަބޫލުކަމަށް ބުނެއެވެ. އަދި އެ ދެމައިން ވަނީ ސޮނާކްޝީގެ އިންސްޓަގްރާމު ފޮލޯ ކުރުން ހުއްޓާލާފައިވާ ކަމަށް ވެސް ބައެއް މަސްދަރުތަކުގައި ވެއެވެ.


އުމުރުން 37 އަހަރުގެ ސޮނާކްޝީ އާއި 33 އަހަރުގެ ޒަހީރުގެ ލޯބީގެ ވާހަކަތައް އެންމެފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރުއެވެ. އެ ދެމީހުންގެ ލޯބީގެ ސިލްސިލާ އެމީހުން އާންމުންނަށް ހާމަކުރީ 2022 ވަނަ އަހަރުއެވެ.


ސޮނާކްޝީ އާއި ޒަހީރު އިގްބާލް ބޮލީވުޑަށް ތައާރަފްވީ އެކްޓަރ، ޕްރޮޑިއުސަރ ސަލްމާން ޚާންގެ ފިލްމަކުންނެވެ. އެގޮތުން 2010 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަބަންގް" އިން ސޮނާކްޝީ ވިދާލިއިރު، ޒަހީރުގެ ފުރަތަމަ ފިލްމަކީ 2019 ވަނަ އަހަރު ރިލީޒްކުރި "ނޯޓްބުކް" އެވެ. އަދި މި ދެ ތެރިން އެކުގައި ވަނީ ފިލްމު "ޑަބަލް އެކްސެލް" އިން ފެނިފައެވެ.


ކިޔުންތެރިންގެ ހިޔާލު