ދިވެހި ހައްޖާޖީން މައްކާ އަށް ދަތުރު ފަށައިފި

4 months ago

އަފްރާހް

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީން ޖަމްރާއަށް ހިލައުކުން ނިންމައި، މައްކާއަށް ދަތުރު ފަށައިފިއެވެ.


ދިވެހި ހައްޖުވެރިން މިއަހަރު އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު، ހިލައުކަން ގޮސްފައިވަނީ ހަވީރުގެ ވަގުތުގައެވެ. އެއީ ސައުދީ އަށް މިދުވަސްވަރު އާދަޔާ ޚިލާފަށް ހޫނު ގަދަވުމުގެ ސަބަބުން މެންދުރުވަގުތު ނުވަތަ ހޫނުގަދަ ވަގުތުތަކުގައި ހިލައުކާ ސަރަހައްދު ބަންދުކޮށްފައި ހުރުމުންނެވެ.


އެހެން އަހަރުތަކެކޭ ވެސް އެެއްގޮތަށް އަމިއްލައަށް ދެވޭ މީހުން ހިނގާފައި ގޮސް ހިލަ އުކާފައިވާއިރު، އަމިއްލައަށް ނުދެވޭ މީހުންގެ ނަމުގައި ހިލަ އުކައިދިނީ ހައްޖު ކޯޕަރޭޝަނުންނެވެ.


ހިލަ އުކުމަށްފަހު ދެން ދަތުރުކުރާނީ މައްކާއަށެވެ. އަދި މައްކާގައި ތަވާފުލް ވަދާއު އާއި ސަޢުޔު ކުރުމާއެކު ހައްޖުގެ އަޅުކަން ފުރިހަމަވާނެއެވެ.


މިއަހަރު1,833,164 މީހުން ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަށް ދިޔަކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.


މި އަހަރު ރާއްޖެއިން ހައްޖަށް ގޮސްފައިވަނީ 1150 މީހުންނެވެ. އެއީ ކޮންމެއަހަރަކު ވެސް ލިބޭ 1000 ކޯޓާއި އާއި އިތުރަށް ލިބުނު 150 ކޯޓާއެވެ.


ކިޔުންތެރިންގެ ހިޔާލު

ކަލީމާ

މޮޔަކަމާއެވެ. ހައްޖު ހަބަރުގެ ކެޕްޝަން ފޮޓޯ ލާފައިވަނީ ފަރުވާތެރިކަމެއް ނެތި.

4 months ago

ފާތުން

ހަބަރު ލިޔެފަ ކާމާގުޅުންނުވެސް ހުންނަ ބޮޑެތިކާފަރުންގެ ފޮޓޯލާން ހެޔޮނުވާނެ

4 months ago