ދެވަނަ ފަހަރަށް ގެއްލިގެން ހޯދަމުންދިޔަ ޔަލްވީ ފެނިއްޖެ

4 months ago

އަފްރާހް

ދެވަނަ ފަހަރަށް ގެއްލިގެން ހޯދަމުންދިޔަ ޚަދީޖާ ޔަލްވީ ފެނިއްޖެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.


އެ އިދާރާ އިން ވިދާޅުވީ ޔަލްވީ ފެނިފައިވަނީ ޖޫން 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މާލެއިން ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.


އުމުރުން 14 އަހަރުގެ ޔަލްވީ ގެއްލިގެން ހޯދަން ފުލުހުން އިއުލާނުކުރި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ގެއްލިގެން ފުލުހުންނަށް އެންމެފުރަތަމަ ރިޕޯޓު ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. އަދި ހަމަ އެ ދުވަހު ޔަލްވީ ގެއަށް އެނބުރިި ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން އޭރު ވެސް ވަނީ ވިދާޅުވެފައެވެ.


ޔަލްވީ ދެވަނަ ފަހަރަަށް ގެއްލިގެް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާއިރު، އޭނާ އެންމެފަހުން ފެނިފައިވަނީ މި ޖޫން މަހުގެ 14 ވީ ހުކުރު ދުވަހު ކަަމަށް ވެސް އާއިލާ އިން މައުލޫމާތުދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު

ހުސެއިން

ބަނދެފަ ބާއްވަބަލަ

4 months ago