އެޕްރީލް މަހު މީރާއިން 2.11 ބިލިއަން ރުފިޔާ ބަލައިގަނެފި

7 months ago

އަފްރާހް

މިއަހަރުގެ އެޕްރީލް މަހު މޯލްޑިވސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.11 ބިލިއަން ރުފިޔާ ބަލައިގަނެފިއެވެ.


އެ އޮތޯރިޓީން ވިދާޅުވީ މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.6 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ. އަދި އެޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެއް ކަމަށެވެ.


މީރާ އިން ވިދާޅުވީ ފައިބެއަހަރުގެ އޭޕްރިލް މަހުލިބުނު އާމްދަނީ އާ އަޅައިބަލާއިރު، މިއަހަރުގެ އެޕްރީލް މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ، އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން ކަމަށެވެ.


މީގެއިތުރުން ފައިބެއަހަރުގެ މާރޗު މަހާއި މިއަހަރުެގ މާރޗު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.9 އިންސައްތަ އިތުރުވެފައިވާތީ، ފަތުރުވެރިކަމުގެ ދާއިރާއިން މިއަހަރުގެ އެޕްރީލް ގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާ ކަމަށެވެ.


މިއަހަރުގެ އެޕްރީލް މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ޓީ.ޖީ.އެސް.ޓީ އަދި އެއަރޕޯޓު ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމުގައި މީރާއިން މައުލޫމާތުދެއއްވައެވެ. އަދި މިއަހަރުގެ މާރިޗު ގައި ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދަށްވުރެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 8.3 އިންސައްތަ އިތުރުވުމާއި ގުޅިގެން ޓީ.ޖީ.އެސް.ޓީ، އެއަރޕޯޓު ޓެކުހާއި ފީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް ވެސް މީރާ އިން މައުލޫމާތުދެއްވައެވެ.


ފާއިތުވެގޮސްފައިވާ ޓީ.ޖީ.އެސް.ޓީގެ ސުންގަޑިތަކަށް ނުދައްކާހުރި ފައިސާ އެޕްރީލް މަހުގެ ތެރޭގައި ދައްކައިފައިވާތީ، އެޕްރީލް މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު