ފާހަގަވި ކަންކަން އަންނައަހަރަށް ރަނގަޅު ކުރާނަން: ޑރ. ޝަހީމް

4 months ago

އަފްރާހް

ހައްޖުގެ މަތިވެރި އަޅުކަމަށް މީހުން ގެންދާއިރު، އާއި އެ އަޅުކަމުގައި އުޅޭއިރު، ރަނގަޅުކުރަންޖެހޭ ކަންކަން އެބަހުރިކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


މީޑިއާ އަށް ދޫކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ ފެންވަރު ރަނގަޅު ދިވެހި ރަހަތަކާއެކު ކާނާ ފޯރުކޮށްދެއްވުނުކަން ފާހަގަކުރައްވައި، ބަލި މީހުންނަށް އެންމެ މަތީ ދަރަޖައިގައި އެހީތެރިކަން ފޯރުކޮށްދެވުނުކަން ފާހަގަކުރައްވާފައެވެ.


މީގެއިތުރުން ޑައިލެލިސް ހަދާ ފަރާތަކާއި ކެންސަރު ފަރުވާ ނަގާ ބައެއް ފަރާތްތަކާއި ހިތުގެ ބަލި ހުންނަ ބައެއް ފަރާތްތައް ވެސް ހާޖީންގެ ތެރޭގައި ތިބިކަން އެންމެނަށް އޯގާތެރިކަން ފޯރުކޮށްދެވުނުކަން ވެސް ފާހަގަކުރެއްވިއެވެ.


ޑރ. ޝަހީމް ވިދާޅުވީ އެޑްމިޓްކުރެވުނު ފަރާތްތަކަށް މަތީ ދަރަޖައިގައި އެހީ ފޯރުކޮށްދެއްވުނު ކަމަށާއި މަގު އޮޅުނު ސަތޭކައެއްހައި ހާޖީން ޑިވައިޒްގެ އެހީގައި ލޮކޭޓްކޮށްގެން ގެނެވުނު ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޢަރަފާތަށް ނުވަދެވޭ އެކަކު ވެސް ނެތް ކަމަށާއި ބަލި މީހުން ވެސް އަރަފަރާތަށް ގެންދެވުނު ކަމަށް ވިދާޅުވިއެވެ.


ހަމަމިއާއެކު ވީލްޗެއާަރގައި ގިނަ އަދަދެއްގެ ހާޖީން އުޅުނުއިރު، އެ އެންމެނަށް އެހީތެރިކަން ދެވުނު ކަމަށާއި އަރަފާތުގެ ފޭލިގޭގެ އިންތިޒާމްތައް ފުރިހަމަކަން ފާހަގަކުރެއްވިއެވެ. އަދި މިނާގެ ފޭލިގޭގެ ތާށިކަމެއް ހުރިނަމަވެސް އެކަން މެދުވެރިވި ސަބަބުތައް ބަލައި ކުރިއަށް އޮތްތަނުގައި ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މިނިސްޓަރ ވަނީ ހައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުރާލި މުވައްޒަފުންނާއި ހިތްވަރުގަދަ އެހީތެރިންނަށް ޝުކުރު ހައްގުކަމަށާއި ހައްޖު މިޝަނަށް ވެސް ވަނީ ޝުކުރު ދަންނަވާފައެވެ. އަދި ހާޖީންނަށް އެހީވި މަދީނާގެ ކިޔަވާ ކުދިންނަށް ވެސް ޝުކުރު ދެންނެވިއެވެ.


ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި ކަމަށާއި އަންނަ އަހަރަށް އެކަންކަން ރަނގަޅުކުރައްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު

ބެއްޔާ

މިހާތަނަށް ދުނިޔޭގައި ކުރެވުނު އެންމެ މޮޅު ހައްޖުގައި ރަގަޅުކުރަންޖެހޭނީ ޖީބަށް ލާބައި އަދިވެސް ބޮޑުޖުރުމެވެ.

4 months ago