އީދު ފާހަގަކުރުމުގެ ނަމުގައި ހިންގާ ބޮޑެތި މުންކަރާތްތައް ހުއްޓުމަކަށް ގެންނަން ޖެހޭ: ޑރ. ޝަހީމް

4 months ago

އަފްރާހް

އީދު ފާހަގަކުރުމުގެ ނަމުގައި ހިންގާ ބޮޑެތި މުންކަރާތްތައް ހުއްޓުމަކަށް ގެންނަން ޖެހޭ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.


މީސްމީޑިއާގައި އެމަނިކުފާނު ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އިސްލާމީ މުޖުތަމައު ޚަރާބުވެގެންދާން ފުރުސަތުދީގެން ނުވާނެ ކަމަށެވެ.


"އަޅުގަނޑުމެން ދިވެހީންގެ ސަގާފަތެއް ނޫން އާންމުންގެ ކުރިމަތީ އައުރަ ނިވާނުކޮށް ބަރަހަނާވެގެން އުޅުން." ޝަހީމް ވިދާޅުވިއެވެ.


މީގެއިތުރުން އީދުގެ ނަމުގައި މިހިންގާ ކަންކަމާއިމެދު ކަންބޮޑުވާ ކަމަށާއި މިކަން ހުއްޓެން އަދި ހުއްޓުވަން ޖެހޭ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.


އިސްލާމިކް މިނިސްޓަރ މިފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ އަޟްހާ އީދު ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ވެސް ކުލަގަދަކޮަށް ފާހަގަކޮށްފައެވެ. އަދި ސަރުކާރުން ވަނީ ގައުމީ ފެންވަރުގައި ތިން ރަށެއްގައި އީދު ފާހަގަކޮށްފައެވެ.


ރާއްޖޭގެ ރަށްތަކުގައި ސަގާފީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު، މިއުޒިކް ޝޯވތައް ވެސް ވަނީ ބާއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު

އަލީ

މަގާމެއް ލިބިގެން ކިތަންމެ ވަރަކަށް ފުއްޕިޔަސް ދިވެހިރާއްޖެ އަފުގާނިސްތާނަކަށް ނުހެދޭނެ. ޤައުމު ފަސާދަ ކުރަން ނޫޅޭ. ތިޔަހެން ދުނިޔެ ރަންވި ކިތައްމީހުންބާ މިހާރު ގޭގަ އެތިބީ.

4 months ago