ފިޓު ޖެހިގެން މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެ

6 months ago

އަފްރާހް

ފިޓު ޖެހިގެން މޫދަށް ވެއްޓުނު މީހަކު ނިޔާވެއްޖެއެވެ.


ހދ. ނޮޅިވަރަމުގައި ހިނގި މި ހާދިސާގައި ފިޓު ޖެހިގެން މޫދަށް ވެއްޓުނީ 32 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ.


އެރަށުން ވާހަކަދެއްކި މީހަކު 'އޮއިވަރު' އަށް ބުނީ މި ހާދިސާ ހިނގީ ޖޫން 20 ވަނަ ދުވަހުގެ ރޭ ގާތްގަޑަކަށް 9 ޖަހާއިރު ކަމަށެވެ. އަދި ފިޓު ޖެހިގެން އެމީހާ މޫދަށް ވެއްޓުނީ ބަނދަރު ސަރަހައްދުން ސައިކަލު ދުއްވާފައި ދަނިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.


އެމީހާ މޫދަށް ވެއްޓުނު ވަގުތު އެ ސަރަހައްދުގައި ތިބި މީހުން މޫދަށް ފުންމާލައި، އޭނާ ސަލާމަތް ކުރުމުގެ މަސައްކަތް ކުރި ކަމަށާއި އެވަގުތު ފަޅުގައި އޮތް ދޯންޏަކަށް އޭނާ ނަގައި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ބުންޏެވެ.


ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ ނޭވާ ލާ ކަމަށާއި އޭނާ ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަފަހުން ކަމަށް ވެސް އޭނާ ބުންޏެވެ.


މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުގެ ބަހެއް ލިބޭގޮތް އަދިވަނީ ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު